ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
އަނިޔާވި މުވައްޒަފުގެ އާއިލާއަށް ހިތާމަލިބިދާނެ ފަދަކަންކަމުން ދުރުވޭ
News

އަނިޔާވި މުވައްޒަފުގެ އާއިލާއަށް ހިތާމަލިބިދާނެ ފަދަކަންކަމުން ދުރުވޭ

މމުހައްމަދު އަލީNov 27, 2025
ހުޅުމާލޭ ބައުއިންޖީނުގޭގައި މިއަދު ހިނގި ހާދިސާގައި އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނޭފަދަ ހުރިހާ އަމަލަކުން ދުރުވުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ. އެ ހާދިސާ ހިނގީ އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުންނެވެ. "މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ." ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. އެކުންފުނީން ވިދާޅުވެފައިވަނީ އަނިޔާވި މުވައްޒަފުގެ ސިއްޙީ ޙާލަތާ ގުޅޭ މަޢުލުމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި އެ ކުންފުނީގެ ފަރާތުން ހާމަކުރާނޭ ކަމަށެވެ. "އަޅުގަނޑުމެންގެ އިހުލާސްތެރި ދުޢާ އަކީ އެ މުވައްޒަފަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދިނުމެވެ."

Related News