ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
ފުވައްމުލަކު ޗަސްބިމިގައި ރޯވި އަލިފާން ނިއްވާލައިފި
News

ފުވައްމުލަކު ޗަސްބިމިގައި ރޯވި އަލިފާން ނިއްވާލައިފި

މމުހައްމަދު އަލީNov 30, 2025
ފުވައްމުލަކު ސިޓީ ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި ރޭ ރޯވި އަލިފާން، ރޭ ދަންވަރު ނިއްވާލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އަލިފާން ނިއްވާލައިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:35 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ޚަބަރު ލިބުމާއެކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  ރޭ ދަންވަރު 01:25 އެހައކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ސިފައިން ވަނީ ވިދާޅުވެފައެވެ.  

Related News