ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
ޕީއެންސީގެ ޕީޖީ އިން ސިލޯނަށް ތިންލައްކަ ރުފިޔާ ހަދިޔާކޮށްފި
News

ޕީއެންސީގެ ޕީޖީ އިން ސިލޯނަށް ތިންލައްކަ ރުފިޔާ ހަދިޔާކޮށްފި

މމުހައްމަދު އަލީNov 30, 2025
"ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ޕީއެސްއެމްއިން ކުރިއަށް ގެންދާ ޓެލެތޯނަށް ޕީއެންސީގެ ޕީޖީ އިން ތިންލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ. ޕީއެސްއެމްގައި މި ޓެލެތޯން ކުރިއަށް ގެންދާ ސްޓޫޑިއޯއަށް ވަޑައިގެން މިފައިސާ ހަވާލުކޮށްދެއްވީ ޕީއެންސީގެ ޕީޖީގުރޫޕުގެ ލީޑަރާއި ބައެއް މެންބަރުންނާއި، އެޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީ އަބްދުﷲ އެވެ. ފައިސާ ހަވާލުކުރުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަށްޓެރި ސިލޯނަކީ ޒަމާނުއްސުރެން ރާއްޖެއާ ގުޅުން އޮންނަ ގައުމެއް ކަމަށެވެ. ރާއްޖެއަށް ދިމާވާ ކޮންމެފަދަ ކާރިސާއެއްގައި ވެސް އެންމެ ގާތުން އެންމެ އަވަހަށް ރާއްޖެއަށް އެހީދޭ އެއްގައުމަކީ ލަންކާ ނުވަތަ ސިލޯނު ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އެގައުމަށް ތޫފާނެއް އަރައި ބޮޑު ކާރިސާއެއް ދިމާވެފައިވާ މިވަގުތުގައި ދިވެހީން ދިވެހީންގެ ފެންވަރުގައި ލަންކާގެ ރައްޔިތުންނަށް އެހީވާންޖެހޭ ކަމަށް ވިދާޅުވިއެވެ. ލަންކާއާއި ރާއްޖެއަކީ އެއްބަޑުއެއްބަފާ ދެގައުމު ކަމަށާއި އެގައުމަށް އެހީވާން އެންމެ ކުރިން އިސްނެގި އެއްގައުމަކީ ރާއްޖެ ކަމަށް ވެސް ވިދާޅުވިއެވެ. މިޓެލެތޯނަށް ދިވެހިބޭންކުން ފަނީ ފަންސަވީސް ހާސް ޑޮލަރުގެ އެހީދީފައެވެ. އަދި ކްރައުން އެންޑް ޗަންޕާ ރިސޯޓުން ވެސް ވަނީ ދިހަހާސް އެއްޑޮލަރު ހަދިޔާކޮށްފައެވެ. ރާއްޖޭގެ ބައެއް މީޑިއަމްތަކުން ވެސް ގެންދަނީ އެހީވަމުންނެވެ. މިހާތަނަށް ޓެލެތޯނަށް ވަނީ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. މިއަދު ހެނދުނު ނުވައެއްޖެހިއިރު ފެށި މިހަރަކާތް މިރޭ މެންދަމު އެކެއްޖަހަންދެން ކުރިއަށް ދާނެއެވެ.

Related News