ދިވެހި|English Aug 24, 2026 · 08:35
Top banner
Advertisement
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
News

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މމުހައްމަދު އަލީDec 1, 2025
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޮވުަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެޕާޓީން މިއަދު ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރެވޭނީ ހަމައެކަނި އެ ޕާޓީގެ މެންބަރުންނަށް ކަމަށެވެ. މި ދެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުޤުވެރިވާ އެ ޕާޓީގެ މެންބަރުން އެކަމަށްއެދި ހުށަހެޅުއްވުމަށް ވަނީ ކިއުއާރު ކޯޑެއް ތަޢާރަފްކޮށްފައެވެ. އެކޮޑު ސްކޭންކޮށް އެކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެއެވެ. ކޮންގްރެސްޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 27 ގައެވެ.

Related News