ދިވެހި|English Aug 24, 2026 · 09:41
Top banner
Advertisement
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަނަކަށް ޣަފޫރު
News

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަނަކަށް ޣަފޫރު

މމުހައްމަދު އަލީDec 9, 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ މިރޭ އިންތިޚާބު ކޮށްފިއެވެ. ޣަފޫރު އެ މަގާމަށް އިންތިޚާބުކުރީ އެޕާޓީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. 66 މެންބަރުން ބައިވެރިވި މި ޖަލްސާގައި ޣަފޫރު އެމަޤާމަށް އިންތިޚާބު ކުރުމަށް 65 މެންބަރަކު ވަނީ ވޯޓު ދީފައެވެ. އެމްޑީޕީ ހިންގަން ވަގުތީ ޗެއަރޕާސަނެއް އިންތިޚާބުކުރީ ކުރިން އެމަގާމުގައި ހުންނެވީ ކުރީގެ މިނިސްޓަރ ފައްޔާޒު އިސްމާޢީލް އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތުން ޣަފޫރު ޗެއަރޕާސަނަކަށް އިންތިޚާބުވުމުން ކުރީގެ ޗެއަރޕާސަން ފައްޔާޒު ވަނީ ޣަފޫރަށް މަރުޙަބާވިދާޅުވެފައެވެ. "ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ސީޕީ ޣަފޫރަށް ލިބޭނެކަމުގެ ޔަގީންކަން އަރުވަން،" ފައްޔާޒު ވިދާޅުވެފައިވެއެވެ.  

Related News