ޚަބަރު
ހުޅުމާލޭ ބަނދަރުން ބައެއް ބަންދު ކުރުމުން އޮޑިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ. އޮޑިވެރިން މުޒާހަރާކުރަން ފެށީ ވާހަކަ ދައްކައިގެން ހައްލެއް ނުލިބިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހުޅުމާލޭ ބަނދަރުން ބަންދު ކޮށްފައިވަނީ ހުޅުމާލޭ ފެރީޓާމިނަލާއި އެފްއެސްއެމް ޝެޑާ މެދުގެ ސަރަހައްދެކެވެ. މިސަރަހައްދު ބަންދުކޮށް އޮޑިދޯނިފަހަރު ގާތްކުރުން މަނާކޮށްފައިވަނީ އެޗުޑީސީން ކަމަށް ވެސްއެނގިފައިވެއެވެ. އޮޑިވެރިން ބުނަނީ އެމީހުންގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ. އެ ހައްގު އަލުން އަނބުރައި ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ....
