އެމްޑީޕީގެ ހަރުގެ ޖަލްސާއެއް ކުރިއަށްދަނީ/ފޮޓޯ އެމްޑީޕީ

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު އަލީ
ޑިސެމްބަރ 11, 2025

ލޯކަލް ކައުންސިލް 2026 ގައި އެމްޑީޕީގެ ފަރާތުން ވާދަކުރަން ބޭނުންވާ މެންބަރުންނަށް ފުރުޞަތު ހުޅުވާލިފަހުން ދާއިރާތަކަށް ވަނީ ބަދަލު އައިސްފައެވެ.

އެހެންކަމުން އެދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން މިހާރުވަނީ ހުޅުވާލައިފައެވެ. އެގޮތުން މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ދާއިރާތަކާއި އަދި ރަށުކައުންސިލް އަކަށް މިހާރު ބަދަލުވެފައިވާ އައްޑޫ އަތޮޅު ހުޅުދޫ އަދި މީދޫ ރަށު ކައުންސިލަށް އެޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި މިދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލައިފައެވެ.

އެފުރުސަތު ހުޅުވާލައިފައިވަނީ 11 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 18 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މި ލިޔުމާ ގުޅޭ