ތަރުބިއްޔަތަކީ ހަރުކަށިކަމެއް ނޫން އެއީ އަޅާލުމެއް: ވަޒީރު މާރިޔާ

މަރިޔަމް ލީނާ
ޑިސެމްބަރ 12, 2025

ތަރުބިއްޔަތަކީ ހަރުކަށިކަމެއް ނޫން ކަމަށާއި އެއީ އެކަކު އަނެކަކަށް ދެވޭ އަޅާލުމެއް ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން އެކަމަނާ ވިދާޅުވެފައިވަނީ އިހުތިރާމަކީ ބަލިކަށިކަމެއް ނޫން ކަމަށާއި ހަގީގީ ބާރަކީ އެއީ ކަމަށެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ މި ކުޑަ ޖަޒީރާ ގައުމުގައި، އުޅެމުންމިދާ އެންމެންނަކީ އެއް އާއިލާއެއް ކަމަށެވެ. ”ކޮންމެ ކުއްޖަކަށްވެސް ރައްކާތެރިކަން ލިބުން ހައްގުވެގެންވާއިރު، ކޮންމެ ދޮށީ ބޭފުޅަކަށް ގަދަރު ދިނުން ހައްގުވެގެންވެއެވެ. އަދި ކޮންމެ އިންސާނަކަށްވެސް ކަރާމާތް ހައްގުވެގެންވެއެވެ.“ އެކަމަނާ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ އެންމެންވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަންވާނީ އަދަބާއި އިހުތިރާމާއެކުގައި ކަމަށެވެ. ”ދޮށީ ބަޔަކަށް ވިޔަސް، ދަރިވަރަކަށް ވިޔަސް ނުވަތަ މުދައްރިސަކަށް ވިޔަސް، މައިންބަފައިންނަށް ވިޔަސް ނުވަތަ ކުއްޖަކަށް ވިޔަސް، އަޅުގަނޑުމެން އެކަކު އަނެކަކަށް މުޢާމަލާތްކުރަންޖެހެނީ އަޅުގަނޑުމެންގެ ޤައުމީ އަގުތަކުން ދައްކުވައިދޭންޖެހޭ އަދަބުވެރިކަމާއި އިހުތިރާމާއެކުއެވެ.“ ބާރުވެރި ކަމަކީ އެހެން މީހުންގެ މައްޗަށް ބާރުހިންގުން ނޫންކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. ބާރުވެރިކަން ހިމެނެނީ ”އެކަކު އަނެކަކަށް ދެވޭ ކުލުނާއި އޯގާތެރިކަމުގެ ތެރޭގައި،“ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ