މަގުމަތީގައި އުޅޭ ބިދޭސީންނާމެދު މިރެއިން ފެށިގެން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

މުހައްމަދު އަލީ
ޑިސެމްބަރ 17, 2025

ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ބައެއް ބިދޭސީން ގެންދަނީ މަސްލަހަތު ގެއްލޭ ކަންކަން ކުރުމުގެ އިތުރުން އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުން ކަމަށެވެ.

އެހެން ކަމުން މިރެއިން ފެށިގެން ދަންވަރު ބާރައިން ފެށިގެން ހެނދުނު ހަޔަކާ ހަމައަށް، އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ދިވެހި ފުލުހުންނާއި ކަމާބެހޭ އެހެން ފަރާތްތަކަށް ވާނީ އަންގަވާފައި ކަމަށް ރައީސް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ އެފަދަ މީހުން ސުވާލުކޮށް ކަންކަން އޮޅުންފިލުވަމުން ގެންދާއިރު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެފިޔަވަޅު އެޅުމަށް ވެސް ވާނީ އަންގަވާފައި ކަމަށެވެ.

މިފަދަ މީހުންނާ ”ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި،“ ރައީސް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ