ނަސްރު ލިބެންދެން އީރާނުގެ ރައްޔިތުން ހަނގުރާމަ ކުރާނެ: ޢަލިބާފް

ޟަމްރަތު އަހްމަދު
ޖޫން 13, 2026

މިއަދަކީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން މިދިޔަ އަހަރު ކުރި 12 ދުވަހުގެ ހަނގުރާމައަށް އެއް އަހަރު ފުނުރު ދުވަހެވެ.

މިއަދާ ގުޅުވައިގެން އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ބާގިރު ޣަލިބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކާމިޔާބީއާ ހަމައަށް ވާސިލު ވަންދެން އީރާނުގެ ރައްޔިތުން ސާބިތުވެ ތިބޭނޭ ކަމަށެވެ.

ބާރަ ދުވަހުގެ ހަމަލާގައި ޝަހީދުވި  ހިތްވަރުގަދަ ޝަހީދުން މިސާލަކަށް ބަލައިގެން ފަޚުވެރި އީރާނުން އެންމެ ފަހު މީހާގެ ފަހުނޭވާއާ ހަމައަށް ދާނދެން ކާމިޔާބު ހޯދުމުގައި ތިބޭނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިގައި ކުށެއް ނެތް އީރާނުގެ ކުޑަކުދިންތަކެއް ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެހެނަސް އެކުދިން ޝަހީދު ކޮށްލުމަށް އެހަމަލާދިން ބައެއްގެ އެއްވެސް ކުށެއް ފެންނަ ބަޔަކު ނެތް ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް 2025 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ދިން ހަމަލާއަށްފަހު ފެށި ބާރަ ދުވަހުގެ ހަނގުރާމަ ނިމުމަކަށް އައީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމަ ހުއްޓުނީ އީރާނުގެ އަސްކަރިއްޔާއިން ހަނގުރާމަ ހުއްޓާލުމަށް ކުރި މަސައްކަތުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *