ރާއްޖެއިން އަނެއްކާވެސް ކިނބުލެއް، ދޫކޮށްލާނީ ރާއްޖެ ނާދެވޭ ގޮތަށް

މުހައްމަދު އަލީ
ޑިސެމްބަރ 21, 2025

ރާއްޖެއިން އަނެއްކާވެސް ކިނބުލެއް ފެނިއްޖެއެވެ. މިފަހަރު ކިނބޫ ފެނުނީ ކ.ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ކިނބޫ ފެނިފައިވަނީ، ”ރަންމުތް “ ނަމަކަށް ކިޔާ ދޯންޏަކަށެވެ. އިއްޔެ އެ ދޯންޏަށް އެ ފެނުމުން އޭގެ މީހުން ވަނީ ކިނބޫ ހިފައިފައެވެ. މިއީ 6 ފޫޓު  ދިގު ކިނބުލެކެވެ. އިއްޔެ ސިފައިން ވަނީ ކިނބޫ އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން މިހާރު ގެންދަވަނީ އެ ކިނބުލަށް ދެން ރާއްޖެއަށް ނާދެވޭނޭހެން ރާއްޖޭގޭ އިގުތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.

މީގެ ކުރީން ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ކިނބީ ވަނީ ފެނިފައެވެ. މިއީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ.

 

މި ލިޔުމާ ގުޅޭ