ދެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓު އާންމުކޮށްފި

ހިރި ނިއުސް
ޑިސެމްބަރ 21, 2025

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އަދި 41 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ސިޓީ / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ޤާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ދާއިމީ ރިޕޯޓު މިއަދު ވަނީ ޢާންމުކޮށްފައެވެ.

ދާއިމީ ރިޕޯޓު އާންމުކޮށްފައިވަނީ، މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ތެރޭގައި ލިބިފައިވާ ޝަކުވާތައް ޗެކްކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތަކާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ރަށްތަކުގެ އިންތިޚާބީ ދާއިރާތައް ބަހާފައިވާ ގޮތާއި، ރަށްތަކަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދާއި އަންހެނުންނަށް ޚާއްސަ ގޮނޑި ނިސްބަތްވާ ދާއިރާތައް ހިމެނޭގޮތަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެއެވެ.

-ޚަބަރާއި ފޮޓޯ/ އީސީ

މި ލިޔުމާ ގުޅޭ