އެމްޑީޕީ ޕްރައިމަރީ ވޯޓުލުން ޖަނަވަރީ ސޯޅައަށް އަވަސް ކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 21, 2025

ކުރިއަށްއޮތް ލޯކަލަކައުންސިލް އިންތިޚާބާއި ޑަބްލިޔުޑީސީ ގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އެޕާޓީން އަވަސް ކޮށްފިއެވެ.

އެޕާޓީން ބުނެފައިވަނީ ޕްރައިމަރީގެ ވޯޓްލާނީ އަންނަ އަހަރު ޖަނަވަރީމަހު 16 ވަނަ ވާ ހުކުރުދުވަހު ކަމަށެވެ. އެދުވަހު ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ކަމަށްވަނީ އެޕާޓީން ބުނެފައިވެއެވެ. ޕްރައިމަރީ ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ ޖަނަވަރީ 30 ގައެވެ.

މިބަދަލު ގެނައީ އިލެކްޝަން ކޮމިޝަންއިން އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފޯމް ހުށަހެޅުމުގެ ތާރީޚް 2026  ޖެނުއަރީ 17 އިން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެކަމަށް އަންގާފައިވާތީއެވެ.

އެހެންކަމުން އެމްޑީޕީން ވަނީ މިމަހު 18 ވަނަދުވަހު ޢާއްމުކުރެވުނު ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީ އިންތިޚާބުގެ އެ ޕާޓީގެ ޓައިމްލައިން ބާތިލްކޮށްފައެވެ.

”ވީމާ، އިލެކްޝަން ކޮމިޝަންއިން ދާއިމީ ރިޕޯޓް އާއްމުކުރުމުން ޓައިމްލައިން އިއުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ.“ އެމްޑީޕީން ބުނެފައިވެއެވެ.

މި ލިޔުމާ ގުޅޭ