ރައީސް ޑރ. އަޝްރަފު/ ފޮޓޯ ސަން

ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އިސްތިއުފާ ދެއްވައިފި

ޟަމްރަތު އަހްމަދު
ޑިސެމްބަރ 31, 2025

ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމް އެމަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިކަމާ ގުޅިގެން ޑރ. އަޝްރަފަށް ގުޅާލުމުން އިސްތުއުފާ ދެއްވިކަން ވަނީ ޔަގީން ކޮށްދެއްވައިފައެވެ. އެހެންނަމަވެސް ސަބަބެއް ވިދާޅެއް ނުވެއެވެ. މުދައްރިސެއްގެ ގޮތުގައި އެތައް ދަރިވަރުންނެއްގެ ލޯބި ހޯއްދަވައިފައިވާ ޑރ. އަޝްރަފު އެކަޑަމީއާ ހަވާލުވެ ވަޑައިގެންނެވީ 2021 ވަނަ އަހަރު އޮގަސްޓް މަހުގައެވެ.

ޑރ. އަޝްރަފަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. މޮޅު އަދީބެކެވެ. އަދަބީ ފާޑުކިޔުއްވުންތަކަށް އަރާހުންނެވި ބޭފުޅެކެވެ. އޭނާގެ ދަރިވަރުންނަށް އަބަދުވެސް ދެއްވާ ނަސޭހަތެއް އޮވެއެވެ. ”މުއައްސަސާއަށްވުރެ މީހާ ބޮޑެއް ނުވާނެ. އެއްގަސް މަރުވެއްޖެއްޔާ އަނެއްގަސް ފަޅާނެ،“

މި ލިޔުމާ ގުޅޭ