އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ވުމުން އުފާކުރުމަށް ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ފޮޓޯ އެމްޑީޕީ

މިއީ އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް: ނަޝީދު

މުހައްމަދު އަލީ
ޖޫން 13, 2026

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ރައީސް ނަޝީދު ހޮވައިދިން ކަމަށްޓަކައި އެމަނިކުފާނު އެމްޑީޕީގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ”އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި ”ބޮޑުބަދަލު“ ކެންޕޭން ޓީމަށް ނުހަނު ގިނަ ޝުކުރު،“ ކަމަށެވެ.

އެމަނިކުފާނަށް ވޯޓު ދެއްވައި ޗެއަރޕާސަން ކަމަށް އިންތިޚާބު ކޮށްދެއްވުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އިތުރުން އިސްލާހީ މަސައްކަތަށް ވެސް ލިބުނު މޮޅެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ”މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް،“

ރައީސް ނަޝީދު ވަނީ އެމަނިކުފާނާ ވާދަކުރެއްވި ކެންޑިޑޭޓު ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމަށް މަރުޙަބާ ވިދާޅުވެފައެވެ.

ވާދަވެރި ކެންޕޭނަކަށްފަހު އިއްޔެ ބޭއްވި އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ ހަތްދިހަ ޕަސެންޓާ ގާތްކުރާ އަދަދަކަށް ވޯޓު ހޯއްދަވައިގެންނެވެ. މި ނަތީޖާއަށްފަހު މީކާއީލް ވަނީ ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމްޑީޕީއަށް 2028 ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނޭ ކަމަށާއި އަބަދުވެސް ހުންނަވާނީ ޕާޓީގެ މެންބަރުންނާއެކު ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *