މީކާއިލްގެ މަރުޙަބާ ނަޝީދަށް، ވިދާޅުވީ ހުންނަވާނީ އާންމު މެންބަރުންނާ އެކުކަމަށް

މުހައްމަދު އަލީ
ޖޫން 12, 2026

އެމްޑީޕީގެ ޗެއަރޕާސަން އިންތިކާމުގައި ރައީސް މުޙައްމަދު ނަޝީދު ހޯއްދެވީ ކާމިޔާބީ ފާހަގަކޮށް އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފި ކަމަށް ނަޝީދާ ވާދަ ކުރެއްވި ކެންޑިޑޭޓު މީކާއިލް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއް މީކާއިލް ވިދާޅުވެފައިވަނީ ”އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން،“ ކަމަށެވެ.

މީކާއިލް ވިދާޅުވެފައިވަނީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވައި 2028 ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރައްވާނޭ ކަމަށެވެ. ”ޕާޓީގެ އާންމު މެންބަރުންނާ އެކު ދެމިހުންނާނަން،“ އޭނާ ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 10:30 ގައި ޚާއްސަ ހަރަކާތެއް އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *