"މިއީ ތިޔަބައިމީހުންގެ އަނިޔާވެރި ޖައްބާރު ވެރިން އުފައްދާ ގޮތެވެ."

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 12, 2026

ބޮސްނިއާގެ ރައީސް ޢަލީޖާ ޢިއްޒަތުބެގޮވިޗް އާންމުކޮށް މިސްކިތަށް ވަޑައިގެން ނަމާދަށް ހުންނަވަނީ އެންމެ ކުރީ ސަފުގައެވެ. އަދި ކުރީ ސަފުން ޖާގަ ލިބިވަޑައިގަންނަވާނޭ ވަގުތު އޮތްވާ، އަބަދުވެސް މިސްކިތަށް ވަޑައިގަތުމަކީ، އޭނާގެ އާދަފުޅެކެވެ. އެކަމަކު، އެއް ދުވަހަކު ހުކުރު ނަމާދަށް ވަޑައިގެންނެވުނީ ތަންކޮޅެއް ލަހުންނެވެ. އަދި މިސްކިތް އޮތީ ޖަމާޢަތަށް ހާޒިރުވި މީހުންނާއިގެން ފުރިބާރުވެފައެވެ.

އެދުވަހު، އޭނާ މިސްކިތަށް ވަޑައިގަތުމުން، ޖަމާޢަތަށް ހާޒިރުވެފައި ތިބި މީހުން، ފުރަތަމަ ސަފުން އޭނާއަށް ޖާގަ ދެއްވައި، ފުރަތަމަ ސަފާ ހިސާބަށް ވަޑައިގެންނެވޭ ގޮތަށް ޖާގަ ހުސްކޮށް ތަން ދެއްކެވިއެވެ. އެކަމަކު، އެއީ ޢަލީޖާ ޢިއްޒަތުބެގޮވިޗް ބޭނުންފުޅުވާ ގޮތެއް ނޫނެވެ.

އެހެންކަމުން ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ޖަމާޢަތަށް ހާޒިރުވެ ތިބި މީސްތަކުންނާ ދިމާއަށް އެނބުރި ވަޑައިގެން އޭނާގެ މަޝްހޫރު ބަސްފުޅު ވިދާޅުވިއެވެ. ”މިއީ ތިޔަބައިމީހުންގެ އަނިޔާވެރި ޖައްބާރު ވެރިން އުފައްދާ ގޮތެވެ.“

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *