ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސަނީ އުމަރުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ކޯޓުން އެގޮތަށް އަމުރު ކުރެއްވީ ކުރިންދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވެގެން ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
”ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު (އިއްޔެ) ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި،“ ފުލުހުން އިއްޔެ ވިދާޅުވެފައިވެއެވެ.






