އެވިޑްކޮލެޖުގެ ޗެއަރމަން މުސްތާގު/ފޮޓޯ އެވިޑް

ޤަވާޢީދާ ޚިލާފަށް ޕްރޮގްރާމެއް ނުހިންގަން: ޤާނޫނީ ފިޔަވަޅު އެޅުމަށް މިދަނީ މަޝްވަރާ ކުރަމުން: އެވިޑް

މުހައްމަދު އަލީ
ޖެނުއަރީ 6, 2026

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުގައި ޕްރޮގްރާމެއް ހިނގާފައި ނުވާނޭ ކަމަށް އެވިޑް ކޮލެޖުން ވިދާޅުވެއްޖެއެވެ.

ގަވާއިދާ ޚިލާފަށް ސިލޯނުގައި އެފަދަ ޕްރޮގްރާމެއް ހިންގި ކަމަށް ވިދާޅުވެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ އެކޮލެޖާމެދު ފިޔަވަޅު އަޅުއްވާނޭ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އެވިޑު ކޮލެޖުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ގަވާއިދާ ޚިލާފަށް އެފަދަ ޕްރޮގްރާމެއް ނުހިންގަވާ ކަމަށާއި އެހެންނަމަވެސް ސްރީލަންކާގެ ބައެއް ޕާރޓްނަރ ކޮލެޖްތައް އެގައުމުގެ ކަމާބެހޭފަރާތް ތަކުން އެވިޑްގެ ޕޮރޮގްރާމް ތަކުގެ ހުއްދަހޯއްދަވައި، އެވިޑް ކޮލެޖަކީ، ޔޫ ޖީ ސީ އިން ގަބޫލް ކުރައްވާ ތަނަކަށް ވުމާއެކު އެ އުސޫލުގެ ދަށުން އެ ބޭފުޅުން ހިންގަވަމުން ގެންދެވި ކަމަށެވެ. އެކަން ކުރައްވަމުން ގެންދެވީ ގަވާއިދު ނަންބަރު: 2025/R-89) އާންމުކުރުމުގެ ކުރީން ކަމަށް ވެސް އެކޮލެޖުންވިދާޅުވެފައިވެއެވެ.

”މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމް ތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ނަންބަރު: 2025/R-89) 10 ސެޕްޓެމްބަރ 2025 ގައި ގެޒެޓް ކުރެވުމާއި އެކު، 14 ސެޕްޓެމްބަރ 2025 ގައި އެވިޑް ކޮލެޖުން ވާނީ މި ކޮލެޖްގެ ޕާރޓްނަރ ކޮލެޖް ތަކަށް އުސޫލް އެއް ކަނޑަ އަޅައިފިކަން އަންގާ، އެއާއެއްގޮތަށް ކަންކަން ގެންދިއުމަށް އަންގާފައެވެ. އަދި މިމައުލޫމާތު ވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ތަކުރާރުކޮށް ހިއްސާކޮށްފައެވެ.“ އެކޮލެޖުގެ ބަޔާނުގައި ވެއެވެ.

އެކޮލެޖާ ޕާރޓްނަރ ކޮލެޖްތައް ސްރީލަންކާގައި ހުރި ކަމުގައިވިއަސް، ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީސް، އަކީ އެވިޑް ކޮލެޖްގެ އެފިލިއޭޓެޑް ޕާރޓްނަރ އެއް ނޫން ކަމަށްވެސް އެވިޑުން ވިދާޅުވެފައިވެއެވެ. ”މިމައުލޫމާތުވެސް ވާނީ މީގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާ ހިއްސާކުރެވިފައެވެ. އަދި ނޫސް ބަޔާނުގައި ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީސް، ގެ ނަން އޮތުމުން އެފަރާތުން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އަދި އެ ކޮލެޖްގެ ނަން ކިލަނބު ވުމާގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމާމެދު މަޝްވަރާ ކުރަމުންދާކަން ހާމަ ކޮށްފައެވެ.“

އެވިޑް ކޮލެޖުން ވާނީ ނުހަނު ދެފުށްފެންނަ ގޮތަށް ކޮލެޖް ގެ ޕާޓްނާ ކޮލެޖްތައް ރާއްޖޭން ބޭރުގައި ހުންނަކަމާ އަދި ގަޥާއިދު (ނަންބަރު: 2025/R-89) ގެޒެޓް ކުރުމާއެކު އެގަވާއިދަށް ތަބާވާނެކަން އަންގައި އަދި ގަވާއިދު ގެކުރިން ކުރިޔަށް ގެންދިޔަ އެފިލިއޭޝަން ތަކާމެދު ކަންކުރާނެ ގޮތުގެ ލަފައަކަށް ވެސް އެދިފައި ކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

”އެހެންނަމަވެސް، އެވިޑް ކޮލެޖްގެ ނަން ކިލަނބު ވާގޮތަށް، 3 ޖެނުއަރީ 2026 (ހޮނިހިރު) ވީ ސަރުކާރު ބަންދު ދުވަހެއްގައި، ނަންބަރު (PR)218-Admin/218/2026/1 ނޫސްބަޔާން ނެރި، ޖެހިގެން އައި ދުވަހު 4 ޖެނުއަރީ 2026، ގައި ކުރިން ނެރުނު އާންމު އިއުލާން ނަންބަރު: 2(PR)218-Admin/218/2026/ 4 ޖެނުއަރީ 2025 (އާދިއްތަ) ކަމަށް ބަޔާންކޮށް، އާންމުންނަށް އޮޅޭފަދަކޮތަކަށް އިއުލާން ނަންބަރާ ތާރީޚް ގައި ކުށް ހިމެނޭ ގޮތަށް، އިއުލާން ނަންބަރު 3/(PR)218-Admin/218/2026 4 ޖެނުއަރީ 2026 ގައި އާންމު ކުރައްވާފައެވެ. މިދެ އިއުލާންގައި ވެސް އެއް މައުލޫމާތެއް އޮތުމާ، ބާތިލްކުރެއްވީ ކޮން އިއުލާނެއްކަމާ، އާ ކުރެއްވީ ކޮން އިއުލާނެއްކަންވެސް އޮޅުން ނުފިލާކަމަށް ދެންނެވީމެވެ. މިއީ ކަންކަން އަވަސްކޮށް، އޭގެ ފުންމިނަށް ނުބައްލަވާ، އެއްވެސް ޒިންމާދާރުކަމެއް އަދި އަހައްމިއްޔަތުކަމެއް ނެތި، ގޯސް ނިޔަތެއްގައި، އިހުމާލުވެ، ގެއްލުން ދިނުމުގެ މަގްސަދުގައި ރޭވުންތެރިކަމާއެކު ހިންގަވާ ކަންތައްތަކެއް ކަމުގައި ފާހަގަ ކުރެވެއެވެ.“

އެކޮލެޖުން ވިދާޅުވެފައިވަނީ އުސޫލެއް ކަނޑައެޅުމުގެ ކުރިން ރާއްޖޭން ބޭރުގެ ޕާޓްނަރ ވެފާވާކޮލެޖްތަކާ ބެހޭ ކަންކަމާ ބެހޭގޮތުން އެމް ކިޔޫ އޭ އާ ބައްދަލުކޮށް  އެފަރާތުން ވަނީގޮތެއް ކަނޑައަޅާފައި ކަމަށެވެ. ނަމަވެސް އުސޫލް ގެޒެޓް ކުރުމުގެ ފަހުން އެ ފަދަ ކަމެއް ކުރިޔަށް ދިޔަތޯ ބެއްލެވުމެއްނެތި އެ ކޮލެޖްފަދަ ތައުލީމާއި ތަމްރީނުގެ ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ފިޔަވަޅު އެޅުމަކީ ބޭއިންސާފުން އަދި އަދާލާތުގެ ހަމަތަކާ ޚިލާފަށް އަނިޔާ ދިނުންކަމުގައި އެވިޑް ކޮލެޖުން ވަނީ ވިދާޅުވެފައެވެ.އ އަދި އެއީ އާންމު މުޖުތަމަޢުގެ ނަޒަރުގައި، އެވިޑް ކޮލެޖުގެ ނަން ކިލަނބު ކުރުމުގެ އަމަލެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެކޮލެޖުން ވިދާޅުވެފައިވަނީ ”މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން އެވިޑް ކޮލެޖާމެދު އަމަލުކުރަމުންދާ ގޮތާއި، ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ބައެއް ގަވާއިދުތަކާއި އެގަވާއިދުތަކުގެ ބައެއް މާއްދާތަކާއި ގުޅޭގޮތުން، އެވިޑް ކޮލެޖުގެ ފަރާތުން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު މަޝްވަރާ ކުރެވެމުންދާ،“ ކަމަށެވެ.

އެވިޑް ކޮލެޖުގެ އިލްތިމާސް

”އެވިޑް ކޮލެޖުގެ އިލްތިމާސަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުންވެސް، އަދުލުވެރިކަމާއެކު، ޤާނޫނީ އިމުގެ ތެރެއިން އަމަލުތައް ތަރުތީބުކުރައްވާ، ތައައްސުބާއި ތައައްސުފުން އެއްކިބާވެ، ޤާނޫނީ ޒިންމާ އަދާކުރުމެވެ.“

މި ލިޔުމާ ގުޅޭ