އެމްޑީޕީއަކީ އިންސާފާއި ހަމަހަމަ ކަމަށް ގޮވާލާ ޕާޓީކަމަށާއި އެހެން ނަމަވެސް ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް އެމްޑީޕީން އެކުލަވާލައިފައިވާ އިލެކްޝަން ކޮމިޓީގައި ތިބީ ވަކިފަރާތަކަށް ތާއީދުކުރާ މެންބަރުން ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ވެސް މިނިވަންވާންޖެހޭ ކަމަށް ގޮވާލާ ޕާޓީ ކަމަށެވެ. އެހެންނަމަވެސް މިފަހަރުގެ ޕްރައިމަރީގެ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިބި ގިނަ މެންބަރުންނަކީ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ތާއިދު ކުރާ މީހުން ކަމަށް ވިދާޅުވިއެވެ.
MDP Election Committee gai Maakun Falah akee Maakurin Nazaahaiytherikan gellifaivaa Membereh. Adhi Adam Azim ge Campaign team ge meeheh.
Shathir akee Adam Azim ah Campaign kuramungendhaa Membereh.
Muizzu akee Adam Azim Vazeefaa Dheegen City Council Ga gengulhey Adam Azim ge… pic.twitter.com/Peh6xFu7Mo— Meemu Sappe (@meemu_sapppe) January 5, 2026
މީމު ސައްޕެ ވަނީ ބައެއް މެންބަރުންގެ ނަންތައް ވެސް ހާމަކުރައްވައިފައެވެ. އެމްޑީޕީ އިލެކްޝަން ކޮމިޓީގައި ތިބި ބައެއް މެންބަރުންނަކީ މާކުރިން ނަޒާހަތްތެރިކަން ގެއްލިފައިވާ މެންބަރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އާދަމަށް ކަނޑައެޅިގެން ތާއިދުކުރާ މީހުންނާއި ކެންޕޭން ކުރާ މީހުންގެ އިތުރުން އާދަމް އާޒިމް ސިޓީކައުންސިލުން ވަޒީފާ ދީފައިވާ މީހުންވެސް ކޮމިޓީގައި ހިމެނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
”އަލީ ނިޔާޒުމެންގެ ނުފޫޒުގައި ސީޕީ އެމްޕީ ގަބޯ އަކަށް މި ކޮމިޓީ އަކަށް ވަގުތީ ބަދަލެއްވެސް ނުގެނެވުނު،“ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ”އަނެއްކާވެސް އެމްޑީޕީ ޕްރައިމަރީ އެއް ހިލާލާތަން ފެނިގެން މިދަނީ. މިއީ އެމްޑީޕިއަށް ގެއްލުން ބޮޑު ބިރުވެރިކަމެއް. ސީޕީ މިކަން ރަނގަޅު ކުރައްވާ،“ ސައްޕެ ވިދާޅުވެފައިވެއެވެ.






