އެމްޑީޕީގެ ކެންޑިޑޭޓު ޢަލީ ޢާޒިމް މާލޭގެ މޭޔަރު ކަމަށް ވަޑައިގަންނަވަން ބޭނުންވަނީ ސީދާ ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދިނުމަށެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ގާނޫނާއި ގަވައިދުގެ ތެރެއިން މޭޔަރުކަން ކޮށްދެއްވުމަކީ އޭނާ އެންމެ އިސްކަންދޭނެ ކަމެވެ.
އޭނާގެ މޭޔަރު ކަމުގައު ވައްކަން ކުރާ މީހުން ސިއްރު ނުކުރެވޭނެއެވެ. އެކަން ބަލާނެއެވެ. ހާމަކުރާނެއެވެ. އެގޮތުން ތިންވަނަ ފަރާތެއް މެދުވެރިކޮށް މާލީ ރެކޯޑުތަކާއި ޚަރަދުތައް ބަލާނެއެވެ. ކުރީގެ މޭޔަރުން ހިނގާފައިވާ މިފަދަ ކަންކަން ވެސް ބަލާނެއެވެ. ޚާއްސަކޮށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއުއްޒުގެ މޭޔަރުކަމުގެ ދައުރުގައި ހިންގާފައިވާ ކަންކަން އޮޑިޓް ކުރުމަށް އިސްކަމެއް ދެއްވާނޭ ކަމަށް ޢަލީ ޢާޒިމް ވަނީ ވިދާޅުވެފައެވެ.
ސިޓީކައުންސިލްގެ އެންމެހާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އާންމުންނަށް ފެންނަން ހުންނާނެ ގޮތް ހެދުމަކީވެސް އޭނާގެ މޭޔަރު ކަމުގެ ދަށުން ކުރައްވާނޭ ކަމެކެވެ. ބޭނުންވަނީ ދެފުށްފެންނަގޮތަށް މާލޭ ސިޓީ ހިންގުމެވެ. މާލޭސިޓީ މާލޭސިޓީގެ ގޮތުގައި ފެންނާނީ ރައްޔިތުންނަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމެއްގެ ސަބަބުންނެވެ. މިކަންކަން ކުރުމަށް ޢަލީ ހުންނެވީ ތައްޔާރަށެވެ.






