މާލޭ ސިޓީގެ މޭޔަރަކަށް ގެންނަވާނީ ކަން ދެއްކުމުގެ ބަދަލުގައި އަމަލީ ގޮތުން ކަންކުރާނޭ ބޭފުޅެއް ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވެފައިވަނީ މާލޭސިޓީގެ މޭޔަރުކަމަށް މިހާރު ކުރިމަތިލައްވައިފައިވާ ބޭފުޅުންގެ ތެރެއިން އަމަލީ ގޮތުން ކަންކުރައްވާނޭ ބޭފުޅަކީ އެމްޑީޕީން ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޢަލީ ޢާޒިމް ކަމަށެވެ. ”ކުރުކޮށް ދަންނަވާނަމަ ބޭނުންވަނީ ކަންދައްކާނެ މީހެއްނޫން ކަންކުރާނެ މީހެއް. އެމީހަކީ ޢަލީ ޢާޒިމް، ޝިއްޕެ ވިދާޅުވެފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ޖަމަޖެހިފައިވަނީ ޖަނަވަރީ ސޯޅަވާ ހުކުރު ދުވަހުއެވެ.






