ހަރުދަނާ ދަރީން ބިނާކުރެވޭނީ ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން: ރައީސް

މުހައްމަދު އަލީ
ޖެނުއަރީ 27, 2026

ހީވާގި ދަރީންތަކެއް މި ގައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށް ރައީސް ޑރ.. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވވެ.

އައުއަހަރުގެ ކިޔެވުމުން މިއަދު ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ގައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ދިރާސީ އައު އަހަރު މިއަދު ފެށުމުން އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނި ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއް ކަމަށެވެ. ”ދިވެހީން އެދޭ ފާގަތި ކުރިމަގު މި ގައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން،“ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

”ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން“

މި ލިޔުމާ ގުޅޭ