އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޣަފޫރު

ފޯމުލާން ދީފައިވާ މުއްދަތު ކުރު، ހައްލު ކޮށްދެއްވާ: އެމްޑީޕީ

މުހައްމަދު އަލީ
ޖެނުއަރީ 27, 2026

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު ވަރަށް ކުރުކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ބުނެފައިވަނީ އޭގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެން ކަމުން އެމައްސަލަ ހައްލު ކޮށްދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ”ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށްވީތީ، ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވަމުން އެބަދެއެވެ. ދައުލަތުގެ އިދާރާތަކުން ރިކޯޑް ސާފުކުރުމާއި އެހެނިހެން ކަންކަން ފުރިހަމަކުރުމަށް އެތަކެއް ދުވަހެއް ނަގާތީ، މިއީ ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނޫން،“ ކަމަށް އެޕާޓީން ބުނެފައިވެއެވެ. މީގެ  ސަބަބުން އެތައް ބަޔަކަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިދާނެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. ”މި މައްސައަށް ހައްލު ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް މި ޕާޓީން ގޮވައިލަމެވެ.،“

މި ލިޔުމާ ގުޅޭ