ޑިސެމްބަރ 23, 2024 17:31

މޫސުމީ ކާރިސާއާއެކު ސިޔާސީ ކޯޅުންތަކަކީ ޕާކިސްތާނަށް ބޮޑު ގޮންޖެހުމެއް

އަބްދުލް މުހުސިން
ސެޕްޓެމްބަރ 25, 2024

ޕާކިސްތާނަށް މިހާރު ދެ މައިދާނެއްގައި ހަނގުރާމަ ކުރަން ޖެހިފައި ވެއެވެ. އެއީ ސިޔާސީ މައިދާނުގެ ކޯޅުންތަކާއި، ޤުދުރަތީ ކާރިސާތަކާއެވެ.

ޖަރުމަނުގެ ރުހް ޔުނިވާސިޓީ ބޮޗަމް – އިންސްޓިޓިއުޓް ފޯ އިންޓަނޭޝަނަލް ލޯ އޮފް ޕީސް އެންޑް އާމްޑް ކޮންފްލިކްޓް (އައިއެފްއެޗްވީ) އިން ޝާއިއުކުރި އެންމެ ފަހުގެ ވޯލްޑް ރިސްކް ރިޕޯޓުގައި ޕާކިސްތާން ހިމަނާފައިވަނީ ކޮންފްލިކްޓާއި ކާރިސާތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ ގައުމުތަކުގެ ލިސްޓްގަ އެވެ. ކޮލަމްބިއާ، ބްރެޒިލް އަދި މިޔަންމާއާ އެކު ޕާކިސްތާން ހިމަނާފައި ވަނީ އެންމެ ހަމަނުޖެހުން ބޮޑު ގައުމުތަކުގެ ލިސްޓްގައެވެ.

އޭގެ އިތުރުން، ތިމާވެށީގެ ނާޒުކުކަމާއި އިޖުތިމާއީ ސިޔާސީ ނުތަނަވަސްކަން ޕާކިސްތާންގައި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.

މޫސުމީ ކާރިސާތަކާއި ހަމަނުޖެހުންތަކުގެ ރޮނގުން ޕާކިސްތާނަކީ ވަރުގަދަ ކޭސް ސްޓަޑީއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޤައުމެކެވެ. ސިޔާސީ ނާޒުކުކަމާއި، އިޖުތިމާއީ އިގްތިސާދީ ނުތަނަވަސްކަމާއި، ވާދަވެރި ބާރުތަކުގެ މެދުގައި ޕާކިސްތާން އޮންނަނީ ސްޓްރެޓެޖިކް ސަރަހައްދެއްގެ ގޮތުގައެވެ.

ގުދުރަތީ ކާރިސާތަކާއި އިންސާނުން އުފެއްދި މުސީބާތްތަކަށް ޕާކިސްތާން ވަނީ ހުށަހެޅިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ދިޔަ 2010 އާއި 2022 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމަކީ، ޕާކިސްތާންގެ ތިމާވެށީގެ ނާޒުކުކަން ވަރަށް ބޮޑަށް ހަނދާންކޮށްދޭ ކަމެކެވެ. ޕާކިސްތާނު އެކުލެވިގެންވާ ގޮތުގައި ޖިއޮގްރަފިކަލް ސިފަތަކުގެ ތެރޭގައި  އުސް ގަނޑުފެނުގެ ފަރުބަދަތަކާއި ފެން ބޮޑުވާން ދިމާވާ ތިރި ބިންތަކާއި ހޫނު މުސުމުގައި އިންތިހާއަށް ހޫނުވާ ސަރަހައްދުތައް ހިމެނެއެވެ.

މިސާލަކަށް ބަލާނަމަ، ބަލޫޗިސްތާން އެއީ، އިގްތިސާދީ ގޮތުން ބާކީވެފައިވާ އަދި ސިޔާސީ ގޮތުން އެކަހެރި ވެފައިވާ ބަލޯޗީ ހަނގުރާމަވެރިންގެ ޓެރަރިސްޓް ހަމަލާތައް ތިޔާގި ސަރަހައްދެކެވެ. ހަމައެފަދައިން މޫސުމީ މައްސަލަތައްވެސް އެ ސަރަހައްދުގައި އިންތިހާއަށް ގިނަކަމަށް ވެއެވެ.

އިންފްރާސްޓްރަކްޗާގެ ވަސީލަތްތައް ނެތުމާއި ގާނޫނުގެ ބާރު ނުހިނގުމާއި ފެން ލިބުން ދަތިވުމަކީ ބަލޫޗިސްތާނަށް ޚާއްސަ ކާރިސާތަކެވެ.

ވޯލްޑް ރިސްކް ރިޕޯޓުގައި ދެކުނު އޭޝިއާގައި އިންޑިއާ، ބަންގްލަދޭޝް އަދި މިޔަންމާ ހިމަނާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ރިސްކް ހޮޓްސްޕޮޓްތަކުގެ ތެރޭގައެވެ.

މި ޤައުމުތަކުގައި ގުދުރަތީ ނުރައްކާތެރިކަން ވަރަށް ބޮޑަށް ކުރިމަތިވާ ޖިއޮގްރަފިކަލް ސިފަތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިމާލިއާ ފަރުބަދައާއި ވިރިގެންދާ ގަނޑުފެންތަކާއި ވިއްސާރަ މޫސުމުގެ ގަދަ ކެރިތަކާއި ހޫނު މޫސުމުގެ ގަދަ ހޫނާއި އަދި ތިރި ސަރަހައްދުތަކަށް ލޮނުގަނޑުގެ އަސަރު ކުރުމަކީ ދިމާވާ ކާރިސާތަކެވެ. މިކަންކަން މިހެން އޮންނައިރު އިންޑިއާއާއި ޕާކިސްތާންގެ ކޯޅުމުގެ ސަބަބުން އިތުރަށް ކަންކަން އުދަގުވެއެވެ.

މިސާލަކަށް ޕާކިސްތާނުން ދަނޑުވެރިކަމަށް ބަރޯސާވާ އިރު މި ކާރިސާތައް ދިމާވުމުން ހާލަތު އިތުރަށް އުދަގޫ ވެދެއެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި ޕާކިސްތާނުގެ %40 އާ ގާތްކުރާ އަދަދަކަށް މީހުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަނީ ދަނޑުވެރިކަމުގައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަން ނާކާމިޔާބުވުމާއި ކާބޯތަކެތީގެ އަގު ބޮޑުވުމާއި، ވަޒީފާ ނެތުމާއި، ރަށްރަށުގެ ހަމަނުޖެހުންތަކަކީ އާންމު ކާރިސާތަކެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ނާޒުކު ހާލަތް ދިމާވާ މުހިންމު އަނެއް ކަމަކީ އެގައުމުގެ މުއައްސަސާތަކުގެ ބަލިކަށިކަމެވެ.

މި ލިޔުމާ ގުޅޭ