ޒަޔަނިސްޓް ޓެރަރިސްޓުންގެ އޮފަރު ޖަލުގައި ތިބި ފަލަސްތީނު މީހުން ބުނާ ގޮތުގައި 24 ގަޑިއިރަށް ތިބެނީ އަތް ބަނދެފައެވެ.

ބައެއް ހާލަތްތަކުގައި ފަޔާއި ފައި ޖައްސައިގެން ބަނދެފައެވެ.
ނިދާފައި ތިބޭ އިރާއި، ކާއިރާއި ފާޚާނާ ބޭނުންކުރާއިރު ވެސް ތިބެނީ ބަނދެފައެވެ.

ފެން ވަރަން ލިބެނީ ހަފްތާއަކު އެއް ފަހަރު އެވެ. ހިތަށް އެރުމާއެކު ގާޑުން ތަޅައި ގަންނާނެ އެވެ.
މިއީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ ޖަލެކެވެ.








