މި ތިބީ ދުޝްމަނުން ހަދައިފާނޭ ކުޑަކުޑަ ގޯހެއްގެ އިންތިޒާރުގައި: ޖެނެރަލް އަބްދުﷲ

އިބްރާހީމްް ސަމީރު
ޖޫން 14, 2026

އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު ވިދާޅުވީ ދުޝްމަނުންގެ ހިތް ހަމަލާ ދިނުމަށް ތައްޔާރަށް ތިބި އަސްކަރިއްޔާ އަކީ ކުރިއަށްވުރެ ބާރުގަދަ ބައެކެވެ.

ބޭރޫތަށް އިސްރާއީލުން ހަމަލާ ދިނުމުން އީރާނުގެ ޚާތަމް އަލް އަންބިޔާ ސެންޓްރަލް ހެޑްކްއަޓަރުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދުالله މިއަދު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އޭނާ ވިދާޅުވީ، އީރާނުގެ ދިފާއީ ގާބިލްކަން މިހާރުވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފައި ކަމަށެވެ.

”އަލްޤުދުސް މިނިވަންކޮށް، ޝަހީދުވި އިމާމްގެ ލޭގެ ބަދަލު ހިފުމުގެ މާތް މަޤްޞަދު ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ،“ ޖެނެރަލް ޢަބްދުالله ވިދާޅުވެފައިވެއެވެ. ”އަހަރެމެން އިންތިޒާރު ކުރަމުން މިދަނީ ދުޝްމަނުންގެ ކުޑަކުޑަ ގޯހަކަށް، އެ މީހުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ފިލާވަޅެއް ދަސްކޮށްދޭނަން،“ އޭނާ ވިދާޅުވި އެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް އިޒްރޭލުން ބޮންއަޅައި ޖަރީމާ ހިންގާފައިމިވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ލުބުނާނަށް ހަމަލާ ނުދިނުމަށް އީރާނުން ބުނަމުންދާ ވަގުތެއްގައެވެ.

ޖެނެރަލް ވިދާޅުވީ ޝަހީދުވި އިމާމް ޚުމައިނީ އާއި ޝަހީދުވި އިމާމް ޚާމަނާއީއާއި، ޝަހީދުވި ކޮމާންޑަރުން އަބަދުވެސް ދެކެވަޑައިގަންނަވާ ގޮތުގައި ބޮޑާކަމާއި ޒަޔަނިޒަމަށް ނަފްރަތު ކުރުމަކީ އިސްލާމީ އިންޤިލާބުގެ އަސާސްތަކާ ވަކިނުކުރެވޭނެ ކަމެއް ކަމަށެވެ.

ޖެނެރަލް ޢަބްދުﷲގެ ވާހަކަފުޅުގައި، މިދިޔަ އަހަރު ހިނގި 12 ދުވަހުގެ ހަނގުރާމައާއި، ދާދިފަހުން އެމެރިކާ-އިސްރާއީލުން ދިން ޙަމަލާތަކުގައި އެޤައުމުގެ ކޮމާންޑަރުންނާއި، ކުށެއް ނެތް ޢާންމު ރައްޔިތުން ޝަހީދުވިކަން ހަނދާނަށް ގެނެވިއެވެ.

ނަމަވެސް އެ ހާދިސާތަކަކީ ޖިނާއީ އަނިޔާވެރިންނާއެކު މައްސަލަ ހައްލު ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *