ކެޑޭރެ އަޙުމަދު ފުވައްމުލައް ނާސަރީ ހުޅުވުން: ފޮޓޯ ފުވައްމުލައްސިޓީ ކައުންސިލް

ކެޑޭރެ އަޙުމަދު ފުވައްމުލައް ނާސަރީ ހުޅުވައިފި

މުހައްމަދު އަލީ
ޖެނުއަރީ 29, 2026

ކެޑޭރެ އަޙުމަދު ފުވައްމުލައް ނާސަރީގެ ނަމުގައި އެސިޓީގައި ނާސަރީއެއް މިއަދު ހުޅުވައިފި އެވެ.

ނާސަރީ ހުޅުވައިދިނީ  ކެޑޭރެ އަހްމަދުގެ ޢާއިލާގެ މެމްބަރުންނާއި، މޭޔަރ އިސްމާޢީލް ރަފީޤާއި، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމިކޯއާއި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފް ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.

”މިއީ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ގޯލްސްގައި ހިމަނައިގެން މިސިޓީ ގައި ގަސްގަހާގެހި ދިރުވާ އާލާކޮށް ޚާއްސަކޮށް ނެތެމުންދާ ގަސް އާލާކޮށް ސިޓީ ކައުންސިލްގެ މަގުތައް ޒީނަތްތެރި ކުރުމަށް ހައްދާ މާގަހާއި ބަގީޗާގައި ހައްދަން ބޭނުންކުރާ ގަސް ހެއްދުމުގެ މަޤްސަދުގައި ހުޅުވި ތަނެއް،“

ކެޑޭރެ އަޙުމަދަށް ނިސްބަތްކޮށް މި ނާސަރީއަށް ނަން ދީފައިވަނީ މަރްޙޫމް އަހްމަދަކީ ނާސަރީގެ މަސައްކަތާއި ރަށުތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދީފައިވާ މުއައްޒަފަކަށް ވާތީ ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ