އޭއީއެޗުގައި ކެތުލެބާއި އައިނު ފިހާރައިގެ ޚިދުމަތް ފަށައިފި

މުހައްމަދު އަލީ
ފެބްރުއަރީ 8, 2026

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބާއި އައިނު ފިހާރާއިގެ ޚިދުމަތް ރަސްމީކޮށް ފަށައިފި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ފަދަ ޚިދުމަތްތައް މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ފެށިގެންދިއުމަކީ މިދާއިރާ ތަރައްޤީވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ދައުރުގައި މިފަދަ އިތުރު ޚިދުމަތްތައް އަތޮޅުތެރެއަށް ތަޢާރަފްކުރެވި އިންގިލާބީ ބޮޑު ބަދަލެއް މިދާރާއަށް ގެނެވޭނެ ކަމުގެ ޔަގީން ކަން  މިނިސްޓަރ ދެއްވިއެވެ.

ކެތުލެބާއި އައިނު ފިހާރާއިގެ ޚިދުމަތް ފަށާފައިވަނީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިގެން ކަމަށް ހެލްތުން ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ