މޯލްޑިވްސް މެރިން އެކްސްޕޯގައި މެރިން ޕޮލިސް

މުހައްމަދު އަލީ
ފެބްރުއަރީ 11, 2026

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިމަހުގެ 5 އިން 8އަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގައި މެރިން ޕޮލިހުގެ މަސައްކަތްތައް ދައްކާލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި އެކްސްޕޯގައި ފުލުހުންގެ ފަރާތުން މެރިން ޕޮލިހުން ބައިވެރިވެ ސްޓޯލެއް ވަނީ ގާއިމްކޮށްފައެވެ. މި ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މެރިން ޕޮލިހުގެ މަސައްކަތްތަކާއި، ބޭނުންކުރާ އާލާތްތަކާއި، މެރިން ޕޮލިހުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު އޭގެ ތެރޭގައި ހިމެނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމާއި ކަނޑު ދަތުރުފަތުރާއި މެރިން ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން އެއްތަނަކުން ބައްދަލުވެ އައު ކަސްޓަމަރުންނާއި ޕާޓްނަރުން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އައު އުފެއްދުންތައް ތައާރަފުކުރުމާއި އެންމެ ފަހުގެ އުޅަނދުފަހަރާއި، މެރިން އިންޖީނު އަދި ޒަމާނީ ޓެކްނޮލޮޖީ އާންމުންނަށާއި ވިޔަފާރިވެރިންނަށް ދައްކައިލުމަށް ބާއްވާ އެކްސްޕޯއެކެވެ.

މީގެ އިތުރުން ނެޓްވޯކްއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މެރިން ދާއިރާގެ ތަޖުރިބާކާރުން އެއްވެ، މައުލޫމާތާއި ހިޔާލު ބަދަލުކުރުމަށް ފުރުސަތުވަނީ ލިބިގެން ގޮސްފައެވވެ. އަދި ސިނާއަތް ކުރިއެރުވުމަށް ރާއްޖޭގެ އިގުތިސާދުގެ މުހިންމު ބައެއް ކަމުގައިވާ ކަނޑުގެ ސިނާއަތް އިތުރަށް ފުޅާކޮށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މޫދު ކުޅިވަރާއި، ޑައިވިންގ އަދި ކަނޑާ ގުޅުން ހުރި އެކި ދާއިރާތަކަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުންވެސް އެކްސްޕޯގެ މަގުސަދުގައި ހިމެނެއެވެ.

މި އެކްސްޕޯގައި ބައިވެރިވެފައިވަނީ ކަނޑާ ގުޅުން ހުރި ތަފާތު ސިނާއަތްތަކުންނެވެ.

އޭގެތެރޭގައި އޮޑިދޯނިފަހަރު ބަނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ބޯޓު ބިލްޑަރުން ހިމެނެއެވެ.

މި ލިޔުމާ ގުޅޭ