މަސްދޯންޏެއްގައި އަލިފާން ރޯވުން: ފަސްމީހަކަށް ފަރުވާދޭން ފަށައިފި

މުހައްމަދު އަލީ
ފެބްރުއަރީ 14, 2026

މަސްދޯންޏެއްގައި އަލިފާން ރޯވި ހާދިސާއެއްގައި އަނިޔާވި ފަސް މީހަކަށް ފަރުވާދޭން ފަށައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލެ ގެނެސް ފަރުވާ ދެމުން ގެންދަނީ ދެ ދިއްވެއްސަކަށާއި ތިން ބިދޭސީއަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މި މީހުން މާލެ ގެނެސްފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅެނދެއްގައެވެ.

މިހާދިސާ ހިނގިއިރު ދޯނި އޮތީ ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރީގައެވެ. ދޯނީގައި އަލިފާން ރޯވިއިރު އޭގައި ޖުމްލަ 15 މީހުން ތިއްބެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:54 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ