އިޒްރޭލުގެ ބޮންތަކުގެ ދަށުގައި އީރާނުން ގުދުސް ދުވަސް ފާހަގަކޮށްފި

މުހައްމަދު އަލީ
މާރޗް 13, 2026

އިޒްރޭލާއި އެމެރިކާއިން އީރާނަށް ބޮންއަޅައި އަސްކަރީ ހަމަލާތައް ދެމުން ދަނިކޮށް އިރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ”ގުދުސް ދުވަސް“ ނުވަތަ ”ޖެރޫސަލަމް ދުވަސް“ ފާހަގަކޮށްފިއެވެ.

މިއީ ފަލަސްތީނު މިނިވަންކުރުމަށް ތާއީދުކޮށް އިޒްރޭލުގެ ވަކިތަނުން ފަލަސްތީން ސަލާމަތް ކުރުމަށްފާހަގަކުރާ ދުވަހެކެވެ. އީރާނުން މިދުވަސް ފާހަގަކުރަން ފަށައިފައިވަނީ 1979 ވަނަ އަހަރުން ފެށިގެންނެވެ. ގުދުސް ދުވަހަކީ ކޮންމެ ރަމަޟާން މަހެއްގެ ފަހު ހުކުރު ދުވަހެވެ. މިއަދަކީ އެދުވަހެވެ.

މިއަދުގެ ހިނގާލުން އީރާނުގައި ކުރިއަށްދިޔައިރު އެންމެބޮޑަށް ފާހަގަކުރެވިފައިވަނީ އެގައުމުގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންވެސް ހިނގާލުމުގައި ބައިވިކަމަށެވެ. އޭގެެތެރޭގައި އީރާނުގެ ރައީސާއި ސެކިޔުރިޓީ ކައުންސިލްގެ އިސްވެރީންވެސް ހިމެވިވަޑައިގެންނެވިއެވެ. އީރާނުގެ ވެރީންގެ ސާބިތުހިފޭ މިފަދަ އަމަލުތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ އަޒުމާއި ހިތްވަރުވަނީ އިންތިހާއަށް ވަރުގަދަވެފައެވެ.

މި ހިނގާލުމުގައި އީރާނުގެ ފޮރިން މިނިސްޓަރު ޢައްބާސް ޢަރާކްޗީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭނާގެ އެއްވެސް ހާސްކަމެއް ފިކުރެއްނެތް ކަހަލައެވެ. ޓީވީތަކަށް އިންޓަރވިއު ދެއްވަމުން ގެންދެވީ އެއްވެސް ހާސްކަމެއްނެތި ހަމަޖެހި ވަޑައިގެން ހުންނަވައިގެންނެވެ. ހުންނެވީ ސާބިތުކަންމަތީގައެވެ. ހުންނެވީ ހުނިތުންވެފައެވެ.

ބޮންއަޅަމުން ދިޔައިރުވެސް އެހުންނެވީ ރައްޔިތުންނާއެކު މަގުމަތީގައެވެ. ބިންގަރާހަކަށް ނުވަންނަވައެވެ. ކިއްލާތަކުން ހިމާޔަތް ނުހޯއްދަވައެވެ. އަސްކަރިއްޔާގެ ހިމާޔަތެއްވެސް ނުހޯއްދަވައެވެ. މިއީ ހަގީގީ މުސްލުމުންނެވެ. މިއީ ހިތްވަރުގަދަ ލީޑަރުންނެވެ.

މިއީ ކަނޑިއަކަށް ބަޑިއަކަށް ވައްޓާލާ ބޮމަކަށް ފޮނުވާލާ މިސައިލަކަށް ގުޑާނޭ ލީޑަރުންނެއްނޫނެވެ. އެބޭފުޅުން އެތިއްބެވީ ޖިހާދުގެ މައިދާނުގައެވެ.

 

މި ލިޔުމާ ގުޅޭ