ރާއްހޭގެ އަދުގެ އަދުލު އިންސާފުގެ ނިޒާމާމެދު ސަހަރޯ ހީވާކަމަށާއި އެއީ ރައްޔިތުން ތަސައްލީއެއް ހޯދާން ދަން އޮތްތަނެއް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެެއެވެ.
އާޓިފިޝަލް ބީޗުގަ އި ރޭ ބޭއްވެވި ”ޗާގޯސް“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެތަންތަން މިހާރުވަނީ ކޮރަޕްޝަން ވަދެ ފުނޑިފައި ކަމަށެވެ. އެތަންތަން ހަލާކުޮށްލީ އެތަންތަނުގެ މީހުން އަމިއްލައަށް ކަމަށްވެސް ވިދާޅުވިއެވެ.
މިސަރުކާރުން މިހާރުވަނީ ގާނޫނުއަސާސީ ހިންގަންއޮތް މަގާއި މުއައްސަސާތަކަށް އޮތް މަގުތައް ވެސް އެއްކޮޅަށް ދުއްވޭ މަގުތަކަށް ހަދައިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަގަކަށް ވަދެވިއްޖެއްޔާ ކުރިއަށްދެވޭނޭ އެއްގޮތެއްވެސް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. ”ދިމްޔާތަށް ދާންއޮތް މަގުނޫން ހުރިހާ މަގެއް މިއޮތީ ވަންވޭ ވެފައި،“ އެހެން ކަމުން އެއްވެސް މީހަކު ”ފަރުވާއެއް“ ހޯދަންދާންޖެހޭ ތަނެއް ނެތްކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިހާރުވަނީ ހަލާާކުވެފައި ކަމަށެވެ. ޝަރުއީ ނިޒާމް ހަލާކުކޮށްލީ އެދާއިރާގެ ވެރީން ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގެ ހާލަތު މިހިސާބަށް ދިއުމުން ރައީސް ނަޝީދު ވިދާޅުވާހެެން ”އަނެއް ދިވެހިރާއްޖެ“ ހޯދަންޖެހިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.






