އުމަރު ނަސީރު/ފޮޓޯ ޕީއެސްއެމް

އެންމެ ބޮޑު ދެއިންތިޚާބު އެއްދުވަހެއްގައި ބާއްވަން ނުފެނޭ: އުމަރު

ޟަމްރަތު އަހްމަދު
މާރޗް 30, 2026

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލުމަށް ނުވަތަ އެއްދުވަހެއްގައި ބޭއްވުމަށް ނުފެންނަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ތާއިދު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެގޮތަށް ބާއްވަންވާނީ މަޖިލިސް އިންތިޚާބާއި ލޯކަލްކައުންސިލް އިންތިޚާބު ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަކީ މުޅިގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެބޮޑު އިންތިޚާބު ކަމަށްވަމުން އެއިންތިޚާބު ބާއްވަންޖެހޭނީ ވަކީން ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއް ދެ އިންތިޚާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިޚާބުތަކެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

”ތިން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ދެ އިންތިޚާބެއް އޮންނަ ގޮތަށް ބަދަލު ކުރުމަކީ އަޅުގަނޑުވެސް ތާއިދު ކުރާކަމެކެވެ. ނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިޚާބެއްނޫނެވެ. އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިޚާބެވެ. އެއީ މަޖިލިސް އިންތިޚާބާއި ލޯކަލްކައުންސިލް އިންތިޚާބެވެ.“

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސްއިންތިޚާބު އެއްކޮށް މިބާއްވަނީ ޚަރަދުކުޑަކުރުމުގެ ބަހަނާގައި ކަމަށެވެ.  އެކަމަކު އެންމެކުޑަ އިންތިޚާބު ބޮޑު ޚަރަދުކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅުޖެހޭ ކަމެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ”އެންމެ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނާށެވެ.“

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *