ރައީސް ޑރ. މުއިއްޒު ފަސްމިލިއަން ގަސް ޕްރޮގްރާމް ފެެށްޓެވި ދުވަަހުގެ ފޯޓޯއެއް.

ސްޓެލްކޯއިން ސަތިރީސް ހާސް ގަސް އިންދައިފި

އަހުމަދު މުހައްމަދު
އޮކްޓޯބަރ 2, 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަށްޓަވައިފައިވާ ’ފަސް އަހަރުން ފަސް މިލިއަން ގަސް‘ ޕްރޮގްރާމުގެ ދަށުން ސްޓެލްކޯއިން ޖުމްލަ 36،825 ގަސް އިންދައިފިއެވެ.

މިއީ މި އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް އެކުންފުނީން އިންދާފައިވާ ގަހުގެ އަދަދެވެ. މި ގަސްތައް އިންދާފައިވަނީ ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާރަށެއްގައެވެ.

އެކުންފުނީން ކަނޑައަޅާފައިވާ އަމާޒަކީ ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމެވެ. ސްޓެލްކޯއިން ދެން އިންދަންޖެހެނީ 463،175 ގަހެވެ.

ސްޓެލްކޯއިން ވަނީ މި ޕްރޮގްރާމް ރައީސް ފަށްޓަވައި ދެއްވީތީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

މި ލިޔުމާ ގުޅޭ