މަންތާ ޕޮއިންޓް

ބުރަފައްޗެއްގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

މުހައްމަދު އަލީ
އޭޕްރިލް 1, 2026

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ޖަރުމަނުވިލާތުން ރާއްޖެއަށް އައިސް އުޅުނު މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ހާދީސާ ހިނގާފައިވަނީ އދ. އަތޮޅު މަންތާ ޕޮއިންޓުގައެވެ. ފަތުރުވެރިޔާ އެތަނަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔާ ދޯނީގެ ބުރަފަތީގައި ޖެހި މަރުވިކަމުގެ ރިޕޯޓު ލިބިފައިވަނީ އޭޕްރީލް 1 ވަނަ ދުވަހުގެ ހެނދުނު 09:59 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ފުލުހުން ނުދެއެވެ. ފަތުރުވެރިޔާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *