އެމްޑީޕީން ބާއްވާ ”ހޭވައްލާ ތައްޔާރު“ ބޮޑު ޖަލްސާ މިރޭ ހުޅުމާލޭގައި އޮންނާނެއެވެ. މިޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރި ވަޑައިގަންނަވާނޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިއީ މިމަހު 4 ވަނަދުވަހު ބާއްވާ ލޯކަލްކައުންސިލް އިންތިޚާބުތަކާއި ޑަބްލިޔުޑީސީގެ އިންތިޚާގެ ކުރިން ބާއްވާ ބޮޑި ޖަލްސާއެކެވެ.
ޖަލްސާ އޮންނާނީ ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު ދޭއްގައެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައެވެ.
މިޖަލްސާއަށް ”ހުރިހާ ބޭފުޅުންވެސް ވަޑައިގެންނެވުމަށް ދަޢުވަތު އަރުވަން،“ އެމްޑީޕީން ބުނެފައިވެއެވެ.






