އޭސީސީއަށް ހުށަހަޅާ މައްސަލަތައް އެކޮމިޝަނުން ނުބަލާކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން މިއަދު އެ ކޮމިޝަން ދޮށަށް އެއްވެއްޖެއެވެ.
އެތަނަށް އެއްވި މީހުންވަނީ އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝާމިލުގެ އިސްތިއުފާއަށް ގޮވާފައެވެ.
އެތަނަށް އެއްވި މީހުންވަނީ ސަރުކާރުން ގެންދަވަނީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަމުން ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލާފައެވެ. އެފަދަ ކަންކަމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަންކަން ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.
މިސަރުކާރުން ގެންދަވަނީ ވަކިވެފައިވާ ތިން ބާރު އަލުން އެއްކޮށް ހުރިހާ ބާރެއް އަތަށްނަގައި ޑިކްޓޭޓަރޝިޕްގެ ގޮތްތައް ފަތުރަމުން ކަމަށް ވެސް އެއްވި މީހުންވަނީ ތުހުމަތުކޮށްފައެވެ.
މިއިންތިޚާބާ ދިމާކޮށް ސަރުކާރުން ގެންދަނީ އާދަޔާ ޚިލާފަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ވޯޓު ”ގަތުމަށް“ މަސައްކަތް ކުރަމުން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.






