ޑރ. ޖަމީލް

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ނިކުންނަ ގޮތަކުން ޑިމޮކްރަސީ ނިމުމަކަށް އަތުވެދާނެ: ޑރ. ޖަމީލް

މުހައްމަދު އަލީ
އޭޕްރިލް 3, 2026

މުޅިރާއްޖޭގައި މާދަމާ ނަގާ ފެންނަ ނުފެންނަ ވޯޓަކީ އޭނާގެ ހަޔާތުގައި ނެގޭ އެންމެ މުހިންމު ވޯޓުކަމުގައި ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމްދު ވިދާޅުވެއްޖެއެވެ.

އެ ވޯޓު މުހިންމުވާ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން ޑިމޮކްރަސީ ނިމުމަކަށް އަތުވެދާނޭ ކަމަށެވެ. ”މާދަމާ ނަގާ ވޯޓުގެ ނަތީޖާ އަންނަ ގޮތަކުން ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ނިމުމަކަށް އަތުވެދާނެ،“ އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ރައީސް ޑރ. މުއިއްޒު މިހާރުވެސް ވަނީ ރައްޔިތުންގެ މަޖްލިސް ވާކޮށް، ޝަރުޢީ ނިޒާމުގެ ކޮންޓްރޯލް ވެސް ނަގާފައި ކަމަށެވެ. ”މިއީ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރެއް މިހާރު ގާނޫނު އަސާސީ އޮތްގޮތުން ނުލިބޭނެކަން އެނގޭތީ ގެންނަ އިސްލާޙެއް،“ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން އޭނާ އިލްތިމާސް ކުރައްވާފައިވަނީ ރައްޔިތުން ނިކުމެ ޤާނޫނު އަސާސީގެ ދިފާއުގައި ރެފްރެންޑަމަށް ނޫނެކޭ ވިދާޅުވުމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *