”ރައްޔިތުންގެ ބޮޑުހިނގާލުން“ ގައި ރައީސް ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވަނީ/ފޮޓޯ ޕީއެންސީ

ޕީއެންސީއަށް ދެއްވާވޯޓު ވެގެންދާނީ ނަތީޖާ ނެރެދޭނެ ވޯޓަކަށް: ރައީސް

ޟަމްރަތު އަހްމަދު
އޭޕްރިލް 3, 2026

މަދާމާ މުޅިރާއްޖޭގައި ބާއްވާ ލޯކަލްކައުންސިލް އިންތިޚާބާއި ޑަބްޑީސީގެ އިންތިޚާބުގައި ގައުމީ ވިސްނެވުމަކުން ވިސްނައި އެންމެންވެސް ޕީއެންސީއަށް ވޯޓު ދިނުމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ދިގުދެމިގެންދިޔަ ބުރަ ކެންޕޭނަކަށްފަހު ކެންޕޭން ނިންމާލުމުގެ ގޮތުން ބޭއްވި ”ރައްޔިތުންގެ ބޮޑުހިނގާލުން“ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން މާދަމާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ދެއްވާ ވޯޓު ގެއްލިގެންނުދާނޭ ކަމަށާއި އެވޯޓުވެގެންދާނީ ރައްޔިތުން ފަޚުރުވެރިވާނޭ ފަދަ ވޯޓަކަށްކަމަށެވެ. އެޕާޓީގެ ކެންޑިޑޭޓުންނަށް ދެއްވާ ވޯޓަކުން ރައްޔިތުން މާޔޫސްވެގެން ނުދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ”އޭގެ ނަތީޖާވެސް އަޅުގަނޑުމެން ނެރެދޭނަން،“ ރައީސް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނޫން ބަޔަކަށް ވޯޓުދިނުމަކީ ރަށްރަށުގައި ތަރައްގީއަށް އެޅޭހުރަހަކަށް ވެދާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ބައެއް ރަށްރަށުން މިހާރުވެސް އެކަން ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރާ އިދިކޮޅު ޚިޔާލުގެ ކެންޑިޑޭޓުންނަށް ފުރުސަތުދީގެން ތަރައްގީ މަޑުޖައްސައިގެން ނުވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ”އިޚްލާސްތެރިކަމާއެކު އަޅުގަނޑު މިގޮވާލަނީ ”ދޫނިތަކަށް“ ވޯޓުދެއްވާށޭ،“ އެމަނިކުފާނު ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *