މިއަދު ރާއްޖޭގައި ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި މިއަދު މެންދުރު 12:00 އާ ހަމައަށް 21.05 ޕަސެންޓު މީހުން ވޯޓުލައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެއީ 28838 އަންހެނުންނާއި 33245 ފިރިހެނުންނެވެ. ވޯޓުނުލާ އަދި 232793 މީހުން އެބައުޅެއެވެ. އެއީ 78.95 ޕަސެންޓު މީހުންނެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލައަކީ 294876 އެވެ. އެއީ 144506 އަންހެނުންނާއި 150370 ފިރިހެނުންނެވެ.
މި އިންތިޚާބުގައި ވޯޓުލާ ތައްޔާރުކޮށްފައިވާ ހުރިހާ މަޒުކަޒެއްގައި ވޯޓުލާން ފެށިފައިވަނީ 9:30 ގެ ފަހުންނެވެ. މި އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.






