ފައްޔާޒު އިސްމާއީލް

ކާމިޔާބާ އެއްވަރަށް އުފުލަންޖެހޭ ޒިންމާވެސް ބޮޑުވާނެ: ފައްޔާޒު

މުހައްމަދު އަލީ
އޭޕްރިލް 5, 2026

އިއްޔެ ރާއްޖޭގައި ބޭއްވި އިންތިޚާބު ތަކުން އެމްޑީޕީއަށް ލިބުނު ކާމިޔާބީއާ އެއްވަރަށް އުފުލަންޖެހޭ ޒިންމާ ވެސް ބޮޑުވާނޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ގައުމީ މަޖިލީސްގެ މެންބަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި ކާމިޔާބީއާއެކު މަސައްކަތް ކުރައްވާނީ ރައްޔިތުންާ ގުޅިގެން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަމަށް ހައްލު ހޯއްދެވުމަށް ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ދެ އިންތިޚާބާއި  ފެންނަނުފެންނަ ވޯޓުގައި ރައްޔިތުން ވަނީ ސަރުކާރަށް ބޮޑުތަނުން  ނޫކޭ ބުނެ ހުކުމް އިއްވާފައި ކަމަށެވެ. ރައްޔިތުން މިފަދަ ހުކުމެއް އިއްވީ ސަރުކާރުން ދައުލަތުގެ ބާރުތައް ވަކިކުރުމުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައިވާތީއާއި، އިގުތިސާދު ފެއިލް ކޮށްފައިވުމާއި، ”ސަރުކާރާއި ރައީސްގެ އަނިޔާވެރިކަން އިތުރުވުމުން“ ކަމަށެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ކުރެވުނު ބަޙުސްތަކުންނާއި މަޝްވަރާތަކުން އެނގި ސާފުވެގެންދިޔައީ ރައްޔިތުންގެ މެދުގައި ބޮޑު ކެކުޅުންތަކެއް އެބައޮތް ކަމާއި ހަގީގީ އިސްލާހަކަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ކަމަށެވެ. ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރާ ދެކޮޅަށް ރައްޔިތުން ނޫނެކޭ ބުނެފައިވުމުން ދޭހަވަނީ ޤާނޫނުއަސާސީއާއި، މުޅި ވެރިކަމުގެ ނިޒާމާ މެދު އަލުން ވިސްނަން ޖެހިފައިވާ މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި ލޯކަންކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވަނީ ފަސް ސިޓީގެ މޭޔާރު ކަމުގެ ގޮނޑި ދިފާއުކޮށްފައެވެ. އަދި އައްޑޫ ސިޓީފަދަ ބޮޑެތި ސިޓީތަކުން ބޮޑު ކާމިޔާބީއެއްވެސް އެމްޑީޕީން ވަނީ ހޯދައިފައެވެ. މުޅި ރާއްޖެއިން ވެސް އެމްޑީޕީ ވަނީ ފާހަގަކޮށްލަންޖެހޭ ވަރުގެ ބޮޑު ކާމިޔާބެއް ހޯދައިފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *