ފުވައްމުލައް ސިޓީގެ އިންތިޚާބީ މޭޔަރު އަދި މިހާރު ވެސް އެމަގާމް ފުރުއްވަމުން ގެންދަވާ އިސްމާޢީލް ރަފީގު

ރަށަށް ޚިދުމަތް ކޮށްދިނުމުގައި ދެމިހުންނާނަން: އިސްމާޢީލް

މުހައްމަދު އަލީ
އޭޕްރިލް 6, 2026

އަބަދުވެސް ހުންނަވަނީ ފުވައްމުލައް ސިޓީއަށް ޚިދުމަތް ކޮށްދެވުމުގައި ކަމަށް އެ ސިޓީގެ މޭޔަރު ކަމަށް ދެވަނަ  ދައުރަކަށް އިންތިޚާބު ވެފައިވާ އިސްމާޢީލް ރަފީގު ވިދާޅުވެއްޖެއެވެ.

ވަރުގަދަ ގޮންޖެހުންތައް ބޮޑު ކެންޕޭނަކަށްފަހު އިސްމާޢިލް އިންތިޚާބު ކާމިޔާބު ކުރެއްވީ ހިތްތިރިކަމާއި މަޑުމައިތިރިކަން އިސްކުރައްވައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވަމުންނެވެ.

ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވީތީ އިސްމާޢީލް ވަނީ ފުވައްމުލައް ސިޓީގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ. ”އަޅުގަނޑަށް އިތުބާރުކޮށް ކުރިއަށްއޮތް ފަސް އަހަރަށް ވެސް މޭޔަރުކަމުގެ ޒިންމާ ހަވާލުކުރުމަކީ އަޅުގަނޑަށް ލިބުނު އުފަލެއް އަދި ހިއްވަރެއް،“ އިސްމާޢީލް ވިދާޅުވެފައިވެއެވެ.

”މާތް الله ގެ އިރާދަފުޅުއާއެކީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކީ، ރަށަށް ޚިދުމަތް ކޮށްދިނުމުގައި ހުންނާނޭ ކަމުގެ ޔަގީންކަން ފުވައްމުލަކު ރައްޔިތުންނަ ދެން،“ އިސްމާޢީލް ވިދާޅުވެފައިވެއެވެ.

މޭޔަރު ކަމުގެ ގޮނޑީގެ އިތުރުން އެމްޑީޕީ ވަނީ ފުވައްމުލައް ސިޓީގެ އިތުރު ހަތް ގޮނޑި ކާމިޔާބުކޮށްފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *