މިފްކޯއިން އުފައްދަމުން އަންނަ ތެޔޮމަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރަންޖެހުނީ މެދުއިރުމަތީގައި މިހާރު ހިގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމާ ގުޅިގެން ކަމަށް މިފްކޯއިން ވިދާޅުވިއެވެ. ތެލުގެ އަގު ބޮޑުވުމުން މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދުވެސް ވަނީ ބޮޑުވެފައި ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ.
މިފްކޯއިން ގެނައި މި ބަދަލާއެކު ކުރިން ސަތާރަ ރުފިޔާ ބަޔަށް ވިއްކަމުން އައި މަސްދަޅު މިއަދުން ފެށިގެން ވިއްކާނީ އަށާރަ ރުފިޔާ ބަޔަށް ކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ. މިއަދު ފެށިގެން ތެޔޮމަސްދަޅު ކޭހެއް ލިބޭނީ އަށް ސަތޭކަ ރުފިޔާއަށެވެ.
މިފްކޯއަކީ މަސްވެރީން ބާނާ މަސް ގަންނަ ސަރުކާރުގެ މައި ކުންފުންޏެވެ. މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ބަދަލު އައުމުން އެކުންފުނީން ވެސް ވަނީ ޚަރަދު ކުޑަކުރުމަށް މަސައްކަތް ފަށައިފައެވެ. ސަރުކާރުން ކުރީން ވިދާޅުވެފައިވަނީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅުއްވާނީ ރައްޔިތުންނަށް އެކަމުން ގެއްލުމެއް ނުވާނޭގޮތަށް ކަމަށެވެ.






