ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި ޚަބަރުހުސްވެފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ އެމީހާގެ އަނގައިން ލޭ ވެސް ވަނީ އައިސްފައި ކަމަށެވެ.
އެތަނުގައި އެމީހާ އޮތްކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު އިރުއޮއްސި 18:18 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
”ޚަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ. އެމީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.“
މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.






