އެގްރޯނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރ ހުސައިން ދީދީ މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ވަކިކޮށްފައިވާކަން އެބޯޑުން ވަނީ ކަށަވަރު ކޮށްދީފައެވެ.
އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތް، އަލްފާޟިލް ހުސެއިން ދީދީ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) April 6, 2026
ސަރުކާރުން މިއަދުވަނީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހުވެސް ވަކި ކުރައްވައިފައެވެ. މީގެ އިތުރުން ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި، ރާއްޖޭގެ ފަރާތުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މިއަދުވަނީ މަގާމުން ވަކިކޮށްފިއެވެ.






