ތެޔޮބޯޓެއްގައި ރޯވި އަލިފާން ފެތުރި ޕެޓްރީލްޝެޑާ ހަމައަށް

މުހައްމަދު އަލީ
އޭޕްރިލް 9, 2026

ފ.ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ ހާދިސާގެ ޚަބަރު ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރު ކަމަށެވެ.

އަލިފާން ރޯވުމާއެކު އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން ވަނީ މަސައްކަތްކޮށް އަލިފާން ނިއްވާލާއިފައެވެ. އަލިފާން ނިއްވާލެވިފައިވަނީ މިއަދު މެންދުރު ބާރަ ޖަހަން އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ މި ހާދިސާގައި ބިދޭސީއަކު ވަނީ ފިހިފައެވެ. ފ. ފީއަލީ ސިއްހީ މަރުކަޒަށް އޭނާ ގެންގޮސް މިހާރުދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަލިފާނުގެ މި ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށްވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގައި ވެސް ރޯވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް ވެސް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވި ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *