މެކްސިކޯގެ ފުރަތަމަ އަންހެން ރައީސާ މަޤާމުގެ ހުވައި ކުރައްވައިފިއެވެ. ލެޓިން އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ރައީސްގެ މަގާމަށް ކްލައުޑިއާ ޝެއިންބޯމް ހުވައި ކުރެއްވީ 6 އަހަރުގެ ދައުރަކަށެވެ. މެކްސިކޯ ރައީސުންނަކީ 6 އަހަރުގެ އެއް ދައުރަކަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނެވެ.
ޝެއިންބޯމްގެ ފުރަތަމަ ތަޤްރީރުގައި އިންވެސްޓަރުންނަށް ޔަޤީންކަން ދެއްވަމުން، މަރުކަޒީ ބެންކު މިނިވަން އިދާރާއެއްގެ ގޮތުގައި ބާއްވާނެ ކަމަށާއި އިންވެސްޓްމެންޓްތައް ރައްކާތެރި ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މެކްސިކޯގެ ކުރީގެ ރައީސް ވަނީ މުސާރަތައް ދެގުނައަށް ބޮޑުކޮށްދެއްވައި، އާންމުންނަށް ފައިދާ ހުރި ސިޔާސަތުތަކެއް ކުރިއަށް ގެންދަވާފައެވެ.
ޝެއިންބޯމްގެ ފުރަތަމަ ބަޖެޓު ދާދިއަވަހަށް ހުށަހަޅުއްވާއިރު އިންތިޚާބު ތެރޭގައި އޭނާ ވައުދުވެ ވަޑައިގަތް ގޮތަށް ބަޖެޓް ޑެފިޓް 3.5 ޕަސެންޓަށް ކުޑަކޮށް ޤައުމީ އުފެއްދުންތެރިކަން 5.9 ޕަސެންޓްގައި ބެހެއްޓުމަށް ހުށަހަޅާ ސިޔާސަތުތަކުގެ އިންތިޒާރުގައި ތިބި ކަމަށް މުހައްލިލުން ބުނެއެވެ.
62 އަހަރުގެ ރައީސާއަކީ ސައިންޓިސްޓެކެވެ.






