އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަމަޒާން ބާޒާރު 2026 ގެ ނަސީބުވެރިން ހޮވައިފިއެވެ. މި ނަސީބުވެރިން ހޮވަން ގުރު ނެގުން ބާއްވާފައިވަނީ 31 މާރިޗު 2026 ވީ އަންގާރަ ދުވަހު، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އައުޓްލެޓްގައެވެ.
މި ލަކީ ޑްރޯގައި އެސްޓޯއީ ރަމަޒާން ބާޒާރު ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދެވެ.
އެސްޓީއޯ އިން މި އަހަރުގެ ރަމަޟާން މަހާ ގުޅިގެން ބޭއްވި ރަމަޒާން ބާޒާރު ކުރިއަށް ދިޔައީ 15 ޑިސެމްބަރު 2025 ން ފެށިގެން 18 މާރިޗު 2026 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކުން ވަރަށް އަގުހުރި ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދިޔައެވެ. އެގޮތުން އާއްމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ، ފިލިޕްސް އަދި ރަސެލްސް ހޮބްސް ބްރޭންޑުގެ ގޭތެރޭގައި ބޭނުން ކުރާ ގިނަ ސާމާނަކުން ބޮޑެތި ޑިސްކައުންޓްތަކެއް ވަނީ އަޅުވާފައެވެ.
އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް މިފަދަ ވަރަށް އަގުހުރި ޕްރޮމޯޝަންތައް ބާއްވަމުންދެއެވެ. މި ޕްރޮމޯޝަންތަކުގެ މައިގަނޑު މަގްސަދަކީ ރޯދަ މަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށް ދިނުމެވެ.






