ސެޕްޓެމްބަރު 11 ގެ ހަމަލަ ދިން މީހުންނާ އެމެރިކާގެ ޖާސޫސީ އިދާރާތަކާ ކޮންގުޅުމެއް؟

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 3, 2024

ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވަރލްޑްޓްރޭޑް ސެންޓަރަށް ދީފައިވާ ހަމަލަ ދީފައި ވަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއަށް އެނގިގެން، އަދި އެފަރާތުން ތަމްރީނުކޮށްފައިވާ މީހުންތަކެއް ކަމަށް ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ ފައިލެއްގައި ހިމެނޭ ރިޕޯޓެއްގައި ބުނެފިއެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ އެ ދުވަހުގެ ހަމަލާގައި ބައިވެރިވެފައިވާ ދެމީހަކީ، (ޔަގީނުންވެސް) ސީއައިއޭ އާއި ސައުދީ އަރަބިއްޔާގެ ގުޅިފައިވާ ޖާސޫސީ އޮޕަރޭޝަނަކަށް ފައިސާ ދީގެން ބައިވެރިކޮށްފައިވާ ދެ މީހުން ކަމަށެވެ. އެ އޮޕަރޭޝަނަކީ އެންމެ މަތީ ފެންވަރުގައި ސިއްރު ކޮށްފައިވާ އޮޕަރޭޝަނެއް ކަމަށް ކޯޓަށް ހުށަހެޅި މައްސަލައިގެ ލިޔުންތަކުން ހާމަވެއެވެ.
އަލަށް އާންމުކޮށްފައިވާ ކޯޓަށް ހުށަހެޅި މައްސަލާގެ ލިޔުންތަކުން ބޮޑެތި ސުވާލުތަކެއް އުފެދިގެން ދެއެވެ. މި ދެ މީހުންނަކީ އެމެރިކާއާއި ސައޫދީން ގުޅިގެން އުފެއްދި އަލްޤައިދާގެ ވެރިޔާ އުސާމާ ބިން ލާދިން އާއި އޭނާގެ ބައިވެރިން ހޯދުމަށް މަސައްކަތް ކުރި ޔުނިޓުން މައުލޫމާތު ހޯދަން ބޭނުން ކުރި ދެމީހުންނެވެ.
ސީއައިއޭގެ މި ޔުނިޓަކީ، އެލެކް ސްޓޭޝަން ޔުނިޓެވެ. އަދި މި ޔުނިޓާއި ސެޕްޓެމްބަރު 11 ގެ ޙަމަލަ ދިން މީހުންނާ ސީދާ ގުޅުން ހުރިކަން ހާމަވެއެވެ. ސީއައިއޭއާ އެއްފަދައިން އެފްބީއައިގެ އެންމެ މަތީ ފެންވަރުގައި ވެސް އެކަން ސިއްރު ކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ.
އެމރިކާއިން ސިއްރުން ހިންގާ އޮޕަރޭޝަންތައް ފާއްދާލައި ބޭޒާރުކޮށްލާ ސްޕައިޓޯކް އަށް ލިބިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަކީ 9/11 ގެ ދައުވާ ލިބޭ މީހުންގެ މައްސަލަތައް ބަލަހައްޓާ ގާނޫނީ އިދާރާ އޮފީސް އޮފް މިލިޓަރީ ކޮމިޝަންސްގެ ލީޑް އިންވެސްޓިގޭޓަރެއް ކަމަށްވާ ޑޮން ކެނެސްޓްރާރޯގެ 21 ޞަފްޙާގެ ހޯދުންތަކެވެ.
އެ 21 ސަފްޙާގެ މަޢުލޫމާތަކީ، އެމެރިކާ ސަރުކާރުގެ ސިއްރު ހޯދުންތަކާއި ނަން ނުޖަން އެދި މަޢުލޫމާތު ދިން ސީއައިއޭ އާއި އެފްބީއައިގެ މަތީ މަގާމުތަކުގައި ތިބި އޮފިޝަލުންނާ އޭނާ ކޮށްފައިވާ އިންޓަވިއުތަކުގެ ޚުލާސާއެކެވެ.
ކެނެސްޓްރާރޯއާ ވާހަކަ ދެއްކި ގިނަ ޖާސޫސީ އޭޖެންޓުންނަކީ 9/11 ގެ ހަމަލާއާ ސައުދީ ސަރުކާރާ ގުޅުން ހުރި ކަންކަން ބެލުމަށް ސިއައިއޭއިން ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން އެންކޯގެ ތަހުގީގުގައި އުޅުނު އިސްވެރިންނެވެ.
އެމެރިކާގެ އެތެރޭގައި އަލްޤައިދާގެ ބޮޑު ހަމަލާއެއް 1999 ވަނަ އަހަރުގެ ފަހުކޮޅު، އައިސްފާނެ ކަމަށް ބުނެ ޖާސޫސީ ފަރާތްތަކަށް ރަތް ސިގްނަލެއް ލިބުނެވެ.
ސީއައިއޭ އާއި އެންއެސްއޭ އިން ދިޔައީ ސައުދީ ރައްޔިތުން ކަމަށްވާ ނަވާފް އަލް- ހާޒްމީ އާއި ޚާލިދު އަލްމިހުޟާރާ ގުޅިގެން މަޢުލޫމާތު ހޯދަމުންނެވެ.
މި ދެމީހުންނަކީ 9/11 ގައި ޕެންޓަގަން އަށް ވެއްޓުނު އެމެރިކަން އެއާލައިންސްގެ ފްލައިޓް 77 ހައިޖެކް ކުރިކަމަށް ކަމަށް ބެލެވޭ ދެމީހުންނެވެ. މިއީ އެއްވެސް ގެއްލުމަކާ ނުލައި ހިނގައި ދިޔަ ހަމައެކަނި ގޮއްވާލުމެވެ.
ލިޔުންތަކުން ހާމަވާ ގޮތުގައި ދެމީހުން މެލޭޝިއާގައި އޮތް އަލްޤާއިދާގެ ބައްދަލު ވުމެއްގައި ބައިވެރިވިއެވެ. އަދި އެއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހާޒްމީ އާއި މިހުޟާރު އެމެރިކާއަށް ވަދެފައިވަނީ ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ. އެއީ އެމެރިކާއަށް އަލްޤައިދާއިން ޙަމަލަ ދީފާނެ ކަމަށް ބުނި ހަމަލައެއްގެ ”މިލިނިއަމް“ ރޭވުން ނާކާމިޔާބުވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
ޑޮން ކެނެސްޓްރާރޯގެ 21 ޞަފްޙާގެ ރިޕޯޓް ނިންމާލާފައި ވަނީ އަލްޤާއިދާ ލީޑަރާ ޙަމަލާތައް ގުޅުވާތީ ހައިރާން ކަން ފާޅު ކުރަމުންނެވެ. އޭނާ ބުނެފައި ވަނީ އެކަން ކުރުމުގެ އަޑީގައި އޮތީ ކާކުކަން ނޭނގޭ ކަމަށެވެ. އަދި މިހާރަށް އެކަމެއް ނޭނގޭނެ ކަމަށެވެ. އަދި އެކަން ހޯދުމަކީ މުސްތަހީލު ކަމެއް ކަމަށް ބުނެ، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ސިއްރު ކުރަމުން ދިއުމަށް އޭނާ އިޝާރާތް ކޮށްފައި ވެއެވެ.

މި ލިޔުމާ ގުޅޭ